މިނިސްޓްރީ އޮފް ސައިންސް

އައިސީޓީގެ ދާއިރާއަށް އަންހެނުން އަހުުލުވެރިކުރުވަނީ

އައިސީޓީ ދާއިރާގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ވާޗުވަލް ޕްރޮގްރާމެއް ބާއްވައިފިި އެވެ.

އެ ޕްރޮގްރާމުގައި އަންހެން ކުދިންނަށް އައިސީޓީ ދާއިރާގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން އޮޅުންފިލުވައިދީފައިވެ އެވެ.

މިނިސްޓްރީގެ ނައިބު ފާތިމަތު ޝަހީދާ ވަނީ އައިސީޓީ ދާއިރާއިން ތައުލީމު ހާސިލްކުރުމަށާއި، އެ ދާއިރާއިން މަސައްކަތުގެ މާހައުލަށް އަންހެން ކުދިން ނުކުތުމަށް ހިތްވަރު ދެއްވާފަ އެވެ.

އެ ޕްރޮގްރާމުގައި އައިސީޓީ ދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަން އެ ދާއިރާގައި މަސައްކަތް ކުރައްވާ ފަސް ބޭފުޅަކު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެ އެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުގައި އައިސީޓީ ދާއިރާގައި ކުރިއަށް ވަޑައިގެންނެވި ގޮތާއި، އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތް ހާމަކޮށްދެއްވާފައިވެ އެވެ.

އައިސީޓީ ދާއިރާގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅިގެން ވެސް މީގެކުރިން ވަނީ ވާޗުވަލް ޓުއާއެއް ބާއްވާފަ އެވެ. "ނެކްސްޓް ޖެންގާލްސް"ގެ ނަމުގައި މިމަހުގެ 20 އިން 22 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވާޗުއަލް ޓުއާ އަމާޒުކުރީ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށެވެ.