ދިރާގު

ދިރާގުގެ ތިނަ ކޯޑިން ޕްރޮގްރާމް ނިންމާލައިފި

ދިރާގާއި "ވިމެން އިން ޓެކް" ގުޅިގެން ގދ. ތިނަދޫގައި ފެށި ކޯޑިން ޕްރޮގްރާމް ނިންމާލައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު 12 އިން ފެށިގެން މި މަހު 15 ވަނަ ދުވަހާއި ހަމައަށް "ގާލްސްޓްކޯޑު-ތިނަދޫ" ގެ ނަމުގައި އެ ޕްރޮގުރާމް ކުރިޔަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މި ޕްރޮގުރާމުގައި 14 އަހަރާއި 20 އަހަރާއި ދެމެދުގެ 17 މީހަކު ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ހަދައި ޑިވެލޮޕް ކުރަން ދަސްކޮށް ދިނެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ހިންގާ ވޯކްޝޮޕްތަކުގައި މެންޓާސްގެ ގޮތުގައި ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.