ގދ. ތިނަދޫ

ދިރާގުގެ ކޯޑިން ޕްރޮގްރާމް ތިނަދޫގައި ފަށައިފި

Jan 12, 2021
6

ދިރާގާއި "ވިމެން އިން ޓެކް" ގުޅިގެން ކޯޑިން ދަސް ކޮށްދޭ ޕްރޮގްރާމެއް ގދ. ތިނަދޫގައި ފަަށައިފި އެވެ.

"ގާލްސްޓްކޯޑު-ތިނަދޫ" ގެ ނަމުގައި އާދީއްތަ ދުވަހު ފެށީ ދެ މަސް ދުވަހުގެ އޮންލައިން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ހަދައި ޑިވެލޮޕް ކުރަން ދަސްކޮށް ދޭނެ އެވެ. ޕްރޮގްރާމްގެ ތެރެއިން ހިންގާ ވޯކްޝޮޕްތަކުގައި ން ފަންނީ ބޭފުޅުން މެންޓާސްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދިރާގު ޑިރެކްޓް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ މި ޕްރޮގްރާމްއަށް ދިރާގުން އެއްބާރުލުން ދޭން ނިންމީ އެ ކުންފުންޏަކީ އަންހެން ކުދީން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރު ކުރުމަށް ހިއްވަރުދޭ ކުންފުންޏަކަށްވާތީ ކަމަށެވެ.