ދިރާގު

ދިރާގުން ބިދޭސީންނަށް ޕްރިޕެއިޑް ޕްލޭނެއް

ދިރާގުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ޕްރިޕެއިޑް ޕްލޭނެއް ތައާރަފްކޮށްފި --- ފޮޓޯ: ދިރާގު
0%
0%
0%

ދިރާގުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ޕްރިފެއިޑް ޕްލޭނެއް ތައާރަފު ކޮށްފި އެވެ.

ހެލޯ ޕްރިޕެއިޑްގެ ނަމުގައި މިއަދު ތައާރަފު ކުރި ޕްލޭނަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ހާއްސަ ޕްލޭނެއް ކަމަށް ދިރާގުން ބުނެ އެވެ.

އެ ހަ ގައުމަށް ނިސްބައްވާ މީހަކު ދިރާގުގެ ހެލޯ ޕްރިފެއިޓް ޕްލޭން ނަގައިފިނަމަ ހާއްސަ އޮފާތައް މުޅި އަހަރު ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ހެލޯ ޕްރިޕެއިޑް ޕްލޭން ނަގާ ހުރިހާ ފަރާތްތަކަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމުން 25 ޕަސެންޓުގެ އިތުރު އެލަވެންސް މާޗު މަހުގެ 31 ގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ސޭލްސް އެޖެންޓުންނާއި ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހެލޯ ޕްރިޕެއިޑް ސިމް ލިބެން ހުންނާނެވެ. ޕްރިޕެއިޑް ސިމް މިހާރު ވެސް ބޭނުން ކުރާ ފަރާތްތަކުން ކެޕިޓަލް އަކުރުން "ޕީކޭޖީ ހެލޯ" ޖެހުމަށްފަހު 444 އަށް މެސެޖު ކުރުމުން ޕްލޭން ބަދަލުވާނެ ކަމަށް ދިރާގުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910