އިމްރާން އަބްދުﷲ

ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރަން ބޭރުގެ އެހީ ހޯދަނީ

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް
0%
50%
50%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގުކުރުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އެކަން ހަމާކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހަމަލާ ތަހުގީގު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން އަދި ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހަމަލާގެ ހަގީގަތް ދެނެގަންނާނެ ކަމަށެވެ.

ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު މިނިސްޓަރު ވަނީ އެންމެ ހަރުކަށި އިބާރާތުން ހަމަލާ ކުށްވެރިކުރައްވާފަ އެވެ.

"މިހާރު ފުލުހުންނާ ސިފައިންނާއި އަދި ފުލުހުންނަށް އެހީތެރިވުމަށް އެހެން ގައުމުތަކުގެ މުއައްސަސާތައް ވެސް ގުޅިގެން މައްސަލަ ގާތުން ބަލައި ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ،" ރައީސް ނަޝީދަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލްގައި ހުންނަވައިގެން އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ތަހުގީގު އެންމެ ކުރީކޮޅު ކަމަށްވާތީ މިވަގުތު ސީދާ އެ މައްސަލާގައި އަދި ތަހުގީގާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ވިދާޅުވީ ހަމަލާދީފައިވާ ގޮތުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށާއި އެ މައުލޫމާތުތައް އެއްކޮށް، އެނަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މިކަން ވަރަށް ރަނގަޅަށް ބަލާފައި ރައްޔިތުންނަށް މީގެ ހަގީގަތް ގެނެސްދޭނަން،" ތަހުގީގުގެ ތެރެއިން ހަގީގަތް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނުނި

ފެންވަރު ދިވެހި ފުލުހުންގެ، ރީފޯމް ކުރަންޖެހޭ ތަނެއްތީ، ފުލުހުންނަކީ ރަތްޔަތުންނައް ބިރުދައްކަންޖެހޭ ބައެއްނުން، އެމިހުން ޖެހޭނީ ރަތްޔަތުންނާއި ގުޅިގެން ގައުމިގެ އަމަންއަމާންކަން ގެނެސް ކުއްތައް ކުރާމީހުން މަދުކުރެވޭބަޔަކައް ވުން، މިހާރު ޕޮލިހުން ކުރާކަމަކީ ޒުވާންކުދިން ވެސް ބިރުގަންނަވާ، އެކުދިންވެސް ކުށުގެ މާހައުލާ ނެރުން، ރީތިބަހުން މުއާމަލާތިކިރަން ދައްނަން ދެތިން މީހުން ފުލިހުންގެ ތެރޭ ގަ ނޫޅޭ، ހަތާމަ ހުރިކަމެއް، ޕޮލިސިން ރަގަޅުކުރަންޖެހޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345