ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓް އެލެވަންސް ދިނުމަށް 418 މިލިއަން ހަރަދުކޮށްފި

May 10, 2021
ރިސޯޓެއްގައި މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ: ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ސެކްޓާގެ ގިނަ ބައެއްގެ ވަޒީފާއަށް އަސަރު ކުރި -- ފޮޓޯ: އަވަސް
0%
0%
0%

އިންކަމް ސަޕޯޓުގެ ގޮތުގައި ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދު 418 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް 22,786 މީހަކަށް އެކި ފަހަރުތަކަށް ބަހާލައިގެން ދީފައިވެ އެވެ. މިގޮތުން ދިން ފައިސާގެ އަދަދު 418 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ނެރުނު އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން ދޭން ފެށި، އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ.

ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.

ޓޫރިޒަމް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމަށްވާ ޓޫރިޒަމް އިމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ފޮނުވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910