ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓް އިތުރުވެ، އިކޮނޮމިކް ހޭދަ މައްޗަށް

Mar 30, 2021

ކޮވިޑް-19 އަށް ކުރާ ހަރަދުގެ ތެރެއިން އިންކަމް ސްޕޯޓް އެލަވަސް ދިން އަދަދު މަތިވެ، އިކޮނޮމީ ހިންގަން ކުރި ހޭދަ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "ކޮވިޑް-19 ވީކްލީ ސްޕެންޑިން" ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 25 ގެ ނިޔަލަށް ސިއްހީ ހޭދަ އަށް ކުރި ހޭދަ އުޅެނީ 1.5 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި މުއްދަތާ ހަމައަށް އިކޮނޮމީ ހިންގަން ކުރި ހޭދަ ވަނީ 1.6 ބިލިއަން ރުފިޔާ އަށް އިތުރު ވެފަ އެވެ. މިހާތަނަށް ކުރި ޖުމްލަ ހޭދަ މިވަނީ 3.2 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ.

އިކޮނޮމިކް ސްޕެންޑިން 1.6 ބިލިއަން

މި މުއްދަތުގައި އިކޮނޮމީ ހިންގުމަށްޓަކައި ސަރުކާރުން ތައާރަފުކޮށްފައިވާ އިކޮނޮމިކް ރިކަވަރީ ޕެކޭޖު (އީއާރުޕީ) އިން 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކަށް ވުރެ މި މުއްދަތު ކުރި ހޭދަ 1.1 ޕަސެންޓް މަތިވެފައިވާ ކަމަށް ދައްކަ އެވެ.

މި މުއްދަތުގައި އިންކަމް ސްޕޯޓް އެލަވަންސު ގެ ގޮތުގައި ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަަސަރުކޮށްފައިވާ ފަރާތްތަކަށް 5،000ރ. ގެ މަގުން 18.3 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. މީގެ އިތުރުން އިތުރު ހޭދައެއް އިކޮނިމް ރިކަވަރީ ޕެކޭޖުން މި މުއްދަތުގައި އިތުރު ހޭދައެއް ކޮށްފައެއް ނުވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިކޮނޮމިކް ރިކަވަރީ ޕެކޭޖުން އިންކަމް ސްޕޯޓުގެ ގޮތުގައި ޖުމްލަ 377.4 މިލިއަން ރުފިޔާ ދޫކޮށް، ކަރަންޓު ބިލްތަކަށް 117.7 މިލިއަން ރުފިޔާ އަދި ފެން ބިލްތަކަށް 26.0 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ. މީގެ އިތުރުން މި ޕެކޭޖުގައި ބޭންކުގެ ލޯނުތައް ފަސްކޮށް ދިނުމާއި ސަރުކާރުގެ ފައިނޭންޝަލް އިންސްޓިޓިއުޓް އެސްޑީއެފްސީ އިން ދޫކުރާ ލޯނު ފައިސާވެސް ހިމެނެ އެވެ. ބީއެމްއެލް އިން ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްޑީއެފްސީ އިން 355.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ސިއްހީ ހޭދަ 1.5 ބިލިއަން ރުފިޔާގައި

ފިނޭންސުގެ މި ރިޕޯޓް ދައްކާ ގޮތުގައި މި މުއްދަތުގައި ސިއްހީ ކަންކަމަށް ކުރި ހޭދަ ވަނީ 1.5 ޕަސެންޓް މަތިވެފަ އެވެ. މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އަށެވެ. އެ މިނިސްޓްރީން މި ހާލަތުގައި ކުރަމުންދާ ހަރަދުތަކަށް 21 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ސިއްހީ ހޭދައެއްކޮށް ބަލާނަމަ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ އަށެވެ. އެތަނުގެ ހަރަދުތަކަށް 867.9 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ސިއްހީ ކަންކަމަށް ކުރާ ހޭދައިގެ ތެރެއިން 678.5 މިލިއަން ރުފިޔާ ހަރަދުވެފައިވަނީ ސިއްހީ ކަންކަމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމަށެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓްތަށް 201.2 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.