ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދެނީ

Jun 17, 2021

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ހާއްސަކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓިމިއުލަސް ލޯނު ދޫކުރަން ތައްޔާރު ވެއްޖެ އެވެ.

ބީއެމްއެލް އިން ދޫކުރާ މި ލޯނަކީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވާން ދޫކުރާނެ ކަމަށް ބުނި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ.

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އެއް ދާއިރާ ކަމަށްވާ އެސްއެމްއީ ސެކްޓާއަށް ހާއްސަކޮށް ބީއެމްއެލް އިން މި ދޫކުރާ ލޯނަކީ 6 ޕަސެންޓުގައި ދޭ ލޯނެކެވެ. މި ލޯނު 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭ ލޯނެކެވެ.

ބީއެމްއެލް އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައި، ފޯމް ބަލައިގަންނަމުންދާނެއެވެ. މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

ގައުމީ ބޭންކް އިން ކުދި ވިޔަފާރިއަށް ލޯނު ދޫކުރަން ފަށަން ތައްޔާރުވިއިރު، ބޮޑެތި ވިޔަފާރިތަކަށް ވެސް ދަނީ މި ހާލަތާ ގުޅިގެން ލޯނު ދެމުންނެވެ. މިހާތަނަށް 419 ވިޔަފާރިއަކަށް 585.9 މިލިއަން ރުފިޔާ އާއި 8.0 މިލިއަން ޑޮލަރު ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ.