ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

ސްޓިމިއުލަސް ލޯނަށް އެދެވޭ ފަހުގެ ތާރީހަކީ މިމަހުގެ 17

ބީއެމްއެލް: ސްޓިމިއުލަސް ލޯނަށް އެދެވޭނެ އެންމެ ލަސް ތާރީހަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް ވަނީ ނިންމާފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ބީއެމްއެލުން ދޭ އިކޮނޮމިކް ސްޓިމިއުލަސް ލޯނު އެދެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށް ބުނެފި އެވެ.

ބީއެމްއެލުން ބުނީ އެ ލޯނު މިހާރު ދޫކުރަން ފަށާފައިވާ ކަމަށާއި ލޯނު ދޫކުރަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށެވެ.

މި ލޯނު ސްކީމަށް ވަކި އަދަދެއް ކަނޑައެޅިފައިވީ ނަމަވެސް ލިމިޓަށްވުރެ ގިނައިން ލޯނަށް އެދި މިހާރުވެސް ހުށަހަޅާފައިވާ ކަމަށް ބެންކުން ބުނެ އެވެ. ލޯނަށް އެދި ހުށަހަޅާ މުއްދަތު ހަމަވުމުން އެހައި ތަނަށް ބޭންކަށް ހުށަހެޅިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށް ފަހު އެފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް ހުށަހަޅަން ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑް-19 އިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވި އެއް ދާއިރާ ކަމަށްވާ އެސްއެމްއީ ސެކްޓާއަށް ހާއްސަކޮށް ބީއެމްއެލް އިން ދޫކުރާ މި ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓްގައި ދޭ ލޯނެކެވެ. މި ލޯނު 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ. ރަހުނަކާ ނުލާ ދޫކުރާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތު ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910