ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލައިފި

Dec 9, 2020
1

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ދިން ފައިސާއިން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބީއެމްއެލް އިން ހުޅުވާލައިފި އެވެ

އީއައިބީގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އަމާޒުކޮށް ދިން ފައިސާ ރާއްޖޭގެ ވިޔަފާރި ތަކަށް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ.

"އީއައިބީ ކޮވިޑް ރިލީފް ލޯނު" ގެ ނަމުގައި ދޫކުރާ މި ލޯނަށް 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓުގެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ވެސް ލިބޭނެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލިބިފައިވާ ގެއްލުމުން ސަލާމަތް ކޮށްދީ ވަޒީފާ ގެއްލުމުން ރައްކާތެރި ކޮށްދިނުމަށް 20 މިލިއަން ޔޫރޯގެ ލޯނެއް އީއައިބީ އިން ރާއްޖެ އަށް ދީފައިވެ އެވެ.

މިއީ އޭޝިޔާގެ ގައުމު ތަކަށް ކޮވިޑް-19 އިގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށް އެހީވުމަށް އީއައިބީން އިއުލާނު ކުރި 5.2 ބިލިއަން ޔޫރޯގެ ލޯނު އެހީގެ ދަށުން ދިން އެހީ އެކެވެ. އީއައިބީގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫ މެކްޑޯވެލް ވިދާޅުވީ މި އެހީއަކީ ކޮވިޑް-19 އަށްފަހު، އިގްތިސޯދު އާރާސްތުކޮށް ކުދި ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތް ކުރަން ދޭ ލޯނެއް ކަމަށާއި މި ލޯނުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވުން އަވަސް ވާނެ ކަމަށެވެ.