ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލްއިން 585.9 މިލިއަން ރުފިޔާގެ ލޯނު

Jan 18, 2021

ކޮވިޑް-19 އާ ގުޅިގެން އަސަރު ކޮށްފައިވާ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 585.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 14 ގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް "ކޮވިޑް-19 ރިކަވަރީ ސްކީމް" ގެ ދަށުން މިހާތަނަށް 419 ބުރެއްގެ މަތިން 585.9 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. މީގެތެރޭގައި އަށް މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މިހާތަނަށް ބީއެމްއެލްއަށް 602 ލޯނު އެޕްލިކޭޝަން ލިބިފައި ވެއެވެ. އޭގެ ތެރެއިން 441 އެޕްލިކޭޝަނެއް ވަނީ އެޕްރޫވް ކޮށްފަ އެވެ. އަދި 20 އެޕްލިކޭޝަނެއް އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވެ އެވެ.

ބީއެމްއެލް އިން ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ތިން އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް މި ލޯނު ދެނީ އާމްދަނީ 10 މިލިއަން ރުފިޔާ އަށް އަރާ ކުންފުނި ތަކަށެވެ.