މޫސުން

އުތުރުގެ ހަ އަތޮޅަށް މޫސުމީ އިންޒާރު

May 11, 2021

އުތުރުގެ ހަ އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށެގެން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ މެންދަމު ތިނަކުން ހެނދުނު އަށެއް ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.