މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް ކުރާ ވިއްސާރައި ގައި މޫސުން އިތުރަށް ގޯސްވެ ބައެއް އަތޮޅު ތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށެވެ. މޫސުން ގޯސްވެ މި ފަސް އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު މިއަދު ރ. އަތޮޅުން ތ. އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާއިރު، މެޓުން ބުނީ ރާއްޖޭގެ އެކިހިސާބަށް ބޯކޮށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަނީ ހުޅަނގު މޫސުން ފެށިގެން ކުރާ ވިއްސާރަ އެވެ. މިއަދަކީ ކެތި ނަކަތުގެ ހަވަނަ ދުވަހެވެ. ކެތި ނަކަތަކީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. އާއްމު ގޮތެއްގައި މި ނަކަތުގައި ވިއްސާރަ ކުރެ އެވެ. ކެތި ނަކަތް ނިމޭނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ.