ދިރާގު

ދިރާގު ވީޑިއޯ އޮން ޑިމާންޑް ތަފާތު އާ ކޮންޓެންޓު ތަކެއް

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އިން މިހާރު ތަފާތު ދީނީ އަދި މުނިފޫހިފިލުވުމުގެ އާ ކޮންޓެންޓްތައް ބަަލައިލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

އަލަށް ހިމެނީ މަރިޔަމް އައްޒަގެ ޓޯކްޝޯ "އަޒޯނާ" އާއި ދީނީ މައުލޫމާތު ގެނެސްދޭ "އިސްލާމީ ނޫރު" ޕްރޮގްރާމުގެ އިތުރުން މޭކަޕް އާޓިސްޓް ރުތުބާގެ "މޭކަޕް ބައި ރުތުބާ" ޝޯ އެވެ.

ދިރާގު ޓީވީގެ ވީއޯޑީއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީ އިން މަސައްކަތްކުރަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޓީވީ އިން ވީއޯޑީ އަށް ކޮންޓެންޓް އިތުރު ކޮށްފައި ވާއިރު މިހާރު ކުރިއަށްދާ ޕްރޮމޯޝަނެއްގައި މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވެ އެވެ.

އެ މުއްދަތުގައި ކަނެކްޝަނަށް އެދޭ މީހުންގެ ތެރެއިން 20 ނަސީބުވެރިޔަކަށް ހަ މަސް ދުވަހަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ދޭނެ އެވެ. އެ ޕްރޮމޯޝަނުގއި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ހިލޭ ގުޅައިދީ ޑީކޯޑަރު ވެސް ހިލޭ ދެ އެވެ. ދިރާގު ޓީވީގައި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭއިރު ރާއްޖޭގެ 77 ޕަސެންޓް ގޭބިސީ އަށް ހިދުމަތް ދެއެވެ.