ދިރާގު

ދިރާގުން 5ޖީ ރައުޓަރެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް

ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓަޑް-ޓައިމް ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ 5ޖީ ޓާބޯ ވައިފައި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އާ 5ޖީ ޓާބޯ 749 ނުވަތަ މަތީގެ ޕްލޭނަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް އެންޑް ސީއެލްއެމް، ޖަނާ އިބްރާހިމް ވިދާޅުވި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތައް ގެނެސްދީ ފަސޭހަކަމާއެކު ގުޅުވައިދިނުމަށެވެ.

"ދިރާގު 5ޖީ ޓާބޯ ވައިފައިއާ އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލޮވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ހިޔާރުކުރެވޭނެ. އަދި މިއާ އެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމިންގް، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ އެވެ. މީގެ އިތުރުން މި ޕްލޭންތަކާ އެކު ހާއްސަ 5ޖީ ބޫސްޓާތައްވެސް ކަސްޓަމަރުންނަށް ނެގޭނެ އެވެ.

ދިރާގުން ވަނީ ދާދި ފަހުން 549 ރުފިޔާގެ އާ 5ޖީ ޓާބޯ ވައިފައި ޕްލޭނެއްވެސް ތައާރަފްކޮށްފަ އެވެ.

މި ލިމިޓަޑް-ޓައިމް އޮފާ ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މިއޮފާ އަދި ދިރާގު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.