ދިރާގު

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު "ލިމިޓްލެސް"ކޮށް ގުޅާލެވޭނެ

May 30, 2023

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ކޯލްސް، ސޯޝަލް މީޑިއާ ޑޭޓާ އަދި އެސްއެމްއެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ޕްލޭންތަކަށް މިގެނެވުނު ބަދަލުތަކާއެކު ދިރާގު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވާނެ ކަމަށެވެ.

ދިރާގުން ވަނީ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 އަޕްގްރޭޑްކޮށްފަ އެވެ.

ޕޯސްޓްޕެއިޑް 1000ގައި 40 ޖީބީ ކޯ ޑޭޓާއާއި "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާގެ އިތުރުން ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެ އެވެ.

ޕޯސްޓްޕެއިޑް 1700ގައި 100 ޖީބީ ކޯ ޑޭޓާ ލިބޭއިރު "ލިމިޓްލެސް" ސޯޝަމް މީޑިއާ ޑޭޓާ އާއި ހިލޭ އެސްއެމްއެސް ލިބޭނެ އެވެ. މީގެ އިތުރުން ދިރާގުގެ ހުރިހާ ނަންބަރުތަކަށާއި އެހެނިގެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑްކޮށްލެވޭނެ އެވެ.

ޕްލޭން އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފޯތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތަށް މަގުފަހިކޮށްދިނުމަށެވެ.