ދުނިޔޭގެ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި ދިރާގުން 100ޖީބީގެ މުޅިން އާ ޑޭޓާ ޕެކްތަކެއް އެކުންފުނީގެ ކަސްޓަމަރުންނަށް ތަޢާރަފުކޮށްފި އެވެ.
މި ޑޭޓާ ޕެކްތައް ތަޢާރަފުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖާ ކަސްޓަމާ ވެލިއު މެނޭޖްމަންޓު އައިޝަތު އިޝާނާ ވިދާޅުވީ އާ ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ ކޮންމެ ކަމަކަށް ޑޭޓާ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު، ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ އިތުބާރަށް ޝުކުރު ދަންނަވަން. 100ޖީބީގެ މި އައު ޑޭޓާ ޕެކްތަކާއެކު ކަސްޓަމަރުންގެ ޑޭޓާ ބޭނުންތައް ފުރިހަމަވެ ކޮންމެ ކަމަކަށް މި ޑޭޓާ ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ،" އައިޝަތު އިޝާނާ ވިދާޅުވި އެވެ.
މުޅިން އަލަށް ތައާރަފްކުރި 100ޖީބީގެ ޑޭޓާ ޕެކްތައް
- 100ޖީބީ ތިން ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
- 100ޖީބީ ހަތް ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
- 100ޖީބީ 14 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
- 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
- 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް
ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް ފަސޭހަކަމާއެކު އެކްޓިޥޭޓްކޮށްލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.