ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މިރޭ ހަތެއް ޖަހާއިރު ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވަނީ ސީދާ ކޮންކަމާއި ގުޅިގެން ކަމެއް އެ އޮފީހުން ބުނުއެވެ.

މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއް ކަމުން މިއަދުން ފެށިގެން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ރައީސް ރޭ ވަނީ އެމްއެންޑީއެފް އާއި ފުލުހުންނަށް އެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރެއްވުމަށް އަމުރު ކުރައްވާފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއް ނަން ހިމެނޭ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ އާންމުކޮށްފައެވެ. އެކަމާ ގުޅިގެންވެސް ސިޔާސީ މައިދާން ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.