މުހައްމަދު މަބްރޫކް އަޒީޒް

ލަންކާ އެމްބަސީގެ މުވައްޒިފުންނަށް ވެކްސިން ދިން ގޮތް ސާފުކޮށްދީފި

މިރޭގެ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މައުލޫމާތު ދެއްވަނީ -- ފޮޓޯ: އެޗްއީއޯސީ
0%
0%
0%

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒިފުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިން ދީފައިވަނީ ސްރީލަންކާ ސަރުކާރުން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮވެއެވެ. އެ ގައުމުގައި 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފަށާފައިވާއިރު ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވެކްސިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށް ލަންކާ އެމްބަސީގައި މަަސައްކަތް ކުރާ މުވައްޒިފުންނަށް ރާއްޖެެއިން ވެކްސިން ފޮނުވައިދީ މިހާރު ވެކްސިން ޖަހާފައިވާ ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުރެމުންނެވެ.

އެކަން ސާފުކޮށް ދެމުން މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކުން އެއްވެސް ވަރަކަށް ވެކްސިން އެހެން ގައުމަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. ސްރީލަންކާގައިވެސް ވެކްސިން ޕްރަގްރާމް ކުރިއަށް ގެންދާއިރު އެ ގައުމުގައި ތިބޭ ޑިޕްލޮމެޓުންނަށް ވެކްސިން ދިނުމުގެ ޕްރަގްރާމެއް އެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދާ ކަމަށާ ލަންކާ އެމްބަސީގެ މުވައްޒިފުންނަށްވެސް ވެކްސިން ދީފައިވަނީ އެ ޕްރަގްރާމްގެ ދަށުން ކަމަށް މަބުރޫކް ވިދާޅުވިއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910