ދުނިޔެ

ޣައްޒާގެ ހާލަތު: 67 މަރު، 17 ކުދިންނާއި 6 އަންހެނުން ހިމެނޭ

އިޒްރޭލްގެ ބޮންއަޅާ ބޯޓްތަކުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި އެވެ. އޭގެ ތެރޭގައި 17 ކުޑަކުދިންނާއި ހައަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާލިބި ފަރުވާދޭން ޖެހުނު މީހުންގެ އަދަދު 388 އަށް ވަނީ އަރާފަ އެވެ.

ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ އެންމެ ފަހުން ދިން ހަމަލާތަކުގައި ވެސް ދެމީހުންނާއި ކުޑަކުއްޖަހު މަރުވެފައިވާ ކަމަށެވެ. އަދި ހަމަލާތަކަށް ނިމުމެއް ނާންނަ ކަމަށާއި ދޭތެރެ ދޭތެރެއިން ބޮންއަޅާ ބޯޓްތައް ދޫނިބައިގަނޑެހެން ބޯމަތިންދާ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކުގައި ސިނާއި މަރުކަޒުތަކާއި އުސް އިމާރާތްތައް ވެސް ވަނީ ބިމާހަމަކޮށްފަ އެވެ. ސްކޫލްތަކާއި އިޖުތިމާއި މަސައްކަތްތައް ދަސްކޮށްދޭ މަރުކަޒުތަކަށް ވެސް އިޒްރޭލުން ވަނީ ހަމަމާދީފަ އެވެ.

ޣައްޒާއިން އިޒްރޭލަށް ފޮނުވާ މިސައިލްތަކުން މާބޮޑުވަރު ނުވި ނަމަވެސް ހަމީހުން މަރުވެފައި ވެއެވެ. ޖިޕެއްގައި މިސައިލެއް ތާށިވެގެން ވެސް އިޒްރޭލް ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ޖަހަގައިގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ދަނީ ގުދުސްގައި ޔަހޫދީން ގެދޮރުވެރިކުރުމަށާއި ސިނާއީ މަސައްކަތަތައް ބިންތައް ވިއްކައި އިމާރާތްކުރަމުންނެވެ.