ދުނިޔެ

އިޒްރޭލާއި ހިޒްބުالله ހަމަލާތައް ހުއްޓާލައިފި

އިޒުރޭލު، ހިޒްބުﷲ ހަމަލާތައް ހުއްޓާލައި 60 ދުވަސް ވަންދެން ގޮތް ބަލަނީ
0%
0%
0%

އިޒުރޭލާއި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާ ދެމެދު ހަމަލާތައް ހުއްޓާލައިފި އެވެ. އެމެރިކާ މެދުވެރިގެން ކުރި މަޝްވަރާތައް ކޮޅެއްގައި ޖައްސައި، ހަމަލާތައް ހުއްޓާލުމުގައި، ހިޒްބުﷲ އިން ކެނޑިނޭޅި އިޒުރޭލަށް ދިން ހަމަލާތައް އިތުރުވުމަކީ ސަބަބެކެވެ.

އިޒްރޭލާއި ހިޒްބުﷲ އާ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުން އަންނަތާ އަހަރަކަށްވުުރެ ގިނަދުވަސް ވަނީ ވެފަ އެވެ.

ހިޒްބުﷲ އާ އިޒުރޭލާ ދެމެދު މި ފަހަރު ހަމަލާތައް ފެށުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޮކްޓޯބަރު 7، 2023 ގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަތުން ހިމެނެ އެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ޔަހޫދީންނަށް ހަމަލާދިނުމުގައި ހިޒްބުﷲ ވެސް ވަނީ ބައިވެރިވެފަ އެވެ.

ނަމަވެސ،ް، އިޒުރޭލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާންގެ އެތައް މިތަނަށް -- ޔަހޫދީން ބުނާ ގޮތުން ހިޒްބުﷲ ގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ހަމަލާ ދޭން ފެށީ ދުވަސްތަކެއް ފަހުންނެވެ.

ހަމަލާތައް ހުއްޓާލަން ހެދި އެއްބަސްވުމުގައި، ފުރަމަ މަރުހަލާގައި 60 ދުވަސް ވަންދެން އެއްވެސް ބަޔަކު ހަމަލާއެއް ނުދޭނެ އެވެ.

މި މުއްދަތުގައި މިހާރު ލުބްނާނަށް އަރައި ތިބި އިޒުރޭލު ސިފައިން އެ ގައުމުން ފައިބައިގެން ދާނެ އެވެ. އޭގެ ބަދަލުގައި، އިޒުރޭލުގެ ބޯޑަރުގައި -- ލުބްނާން ފަޅީގައި، އެ ގައުމުގެ ސިފައިން ތިބެން ޖެހޭނެ އެވެ.

އިޒުރޭލުން ހަމަލާތައް ހުއްޓާލިކަން ކަށަވަރުކޮށްދެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެވެ. ބައިޑަން ވިދާޅުވި ގޮތުން، ހަމަލާތައް ހުއްޓާލާފައި އޮންނަ ދުވަސްތަކުގައި، ބައިނަލްއަގްވާމީ ސުލްހަ ބަަހަލައްޓާ ފައުޖަކުން ދެ ގައުމުގެ ހާލަތު ބަލަމުންދާނެ އެވެ.

އަދި އިޒުރޭލު ސިފައިން ލުބްނާނަށް އަރާ ތިބި ސަރަހައްދުތައް ބަލައި، ހިޒްބުﷲ ގެ ހަރަކާތްތަކަށް ވެސް ފާރަވެރިވާނެ އެވެ.

އިޒުރޭލު - ހިޒްބުﷲ ހަމަލާތަކުގެ ސަބަބުން ލުބްނާން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ބަދަލުވެފަ އެވެ. އިޒުރޭލުން އިސްތިއުމާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކުގައި އާބާދުވެގެން ތިބި ޔަހޫދީންގެ އާއިލާތައް ވެސް ވަނީ ވިއްސިވިހާލިވެފަ އެވެ.

ހަނގުރާމަ ހުއްޓާލަން ހެދި އެއްބަސްވުމާ ހިޒްބުﷲ އިން ޚިލާފުވެއްޖެ ނަމަ، އިޒުރޭލަށް ފެނުނު ކޮންމެ ވަގުތެއްގައި ހަމަލާތައް ފަށާނެ ކަމަށް އިޒުރޭލުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910