ޕީޕީއެމްގެ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ޕާޓީ ވަރުގަދަ ކުރުމަށް މިރޭ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްފި އެވެ.
ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމާ ބެހޭ ގޮތުން ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު މިރޭ ވިދާޅުވީ ޕާޓީއަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ތައްޔާރުވުމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާކޮށް ހިޔާލު ބަދަލު ކުރި އިރު އެންމެ ބޮޑަށް މަޝްވަރާ ކުރީ ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
"އެއްވެސް ކަމެއް ނުއެއް ނިންމާ މައިގަނޑު ގޮތެއްގައި އޮތީ، ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމުގެ މަޝްވަރާތައް އަދި މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ވާހަަކަ" އެ މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ހުރިހާ ގުނަވަނަކުންނާއި މެންބަރުންގެ ކިބައިން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދޭންޖެހޭ އެއްބާރުލުމެއް އެންމެ ފުރިހަމައަށް ދިނުމާ ބެހޭ ގޮތުން ވެސް މިރާ ވާހަކަ ދައްކާފައިވާ ކަމަށެވެ.