ދިރާގު

ދިރާގުން ސޯޝަލް މީޑިއާ ކޮންޓެސްޓެއް

May 14, 2021

މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށަން ނިންމައިިފި އެވެ.

އެ ކުންފުނިން ބުނީ އާއްމުކޮށް ބޭނުން ކުރާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތައް ކަމަށްވާ އިންސްޓަގްރާމާއި ފޭސްބުކް އަދި ޓުވިޓާ ގައި ކުރިއަށް ގެންދާ މި ހާއްސަ ކޮންޓެސްޓުގައި އިނާމުތަކެއްވެސް ދޭނެ ކަމަށެވެ.

މި ކޮންޓެސްޓުގައި ބައިވެރިވެވޭނީ އީދުގެ އެކި މަންޒަރުތައް #EidMomentsMv މި ހޭޝްޓުން ސޯޝަލް މީޑިއާގައި ޝެއާކޮށްގެންނެވެ.

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަސް ފަރާތެއް ހޮވާނެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދޭނެ އެވެ.. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއްވެސް ލިބޭނެ އެވެ.

މި ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ނިޔަލަށެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ އީދު ވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، އީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިން ވެސް ޝާމިލު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކޮވިޑް 19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ.