މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ މަހު ގެއްލުނު މީހަކު ހޯދަން އާންމުންގެ އެހީއަށް

May 14, 2021

މިދިޔަ މަހުން ފެށިގެން ގެއްލިފައިވާ މީހަކު ހޯދަން ފުލުހުން، އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ނޮޅިވަރަމްފަރު މޯނިންގްސަން އުމުރުން 25 އަހަރުގެ މިސްބާހު މުހައްމަދެވެ.

ފުލުހުން ބުނީ އެމީހާ ގެއްލިފައިވަނީ މިދިޔަ މަހު ކަމަށެވެ. އޭނާގެ ފޮޓޯ އާންމުކޮށް ފުލުހުން ބުނީ އެއީ ހިކިކޮށް ހުރި ބޮލުގެ އިސްތަށިގަނޑު ކަޅު ޒުވާނެއް ކަމަށެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހަށް އެންގުމަށްވެސް އެދިފައިވެއެެ.