ނޮޅިވަރަމްފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅިން ހިންގި މައްސަލައެއް ބަލަން ފަަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ނޮޅިވަރަމްފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް މިދިޔަ މަހުގެ 25 ވަަނަ ދުވަހު ހުށައަޅާފައިވާ ކަމަަަށެވެ. އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނޮޅިވަރަމްފަރުގައި ދެ ފިރިހެނުން އެއް ޖިންސުން ގުޅިން ހިންގި މައްސަލައެއް ބަލަން ފަަށާފައި މިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ދިވެހީންތަކެއް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއްގެ މައްސަލަ ބަލަން ފަށާ ބަޔަކު ހައްޔަރު ކޮށްފައި ވަނިކޮށެވެ.