ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ހުސައިން އާލިމް (31އ)
0%
0%
0%

ހދ. ނޮޅިވަރަންފަރުގެ ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ޓްވިޓާ އެކައުންޓްގައި ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ނޮޅިވަރަންފަރު، ނޫރަންވިލާ، ހުސައިން އާލިމް (31އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި އާލިމު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާ އިން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:45 ގައި ކަމަށެވެ.

އޭނާ ގެއްލުނު ކަމަށް އާއިލާ އިން މައުލޫމާތު ދެނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ފުލުހުން ބުނެ އެެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު އާލިމު މާލެ އައިކަމަށް އެނގިފައިވާ ކަމަށް އާއިލާ އިން ބުނާ ކަމަށެވެ.

އާލިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910