ނޮޅިވަރަންފަރު

ސަހަރާ ކޮނުނީ ހުއްދަ ނެތި: ނޮޅިވަރަންފަރު ކައުންސިލް

ހދ. ނޮޅިވަރަންފަރު -- ފޮޓޯ: އަވަސް
0%
100%
0%

ރޭގެ ވަގުތެއްގައި ފުލުހުން ހދ. ނޮޅިވަރަންފަރު ސަހަރާ ކޮނެފައިވަނީ ކައުންސިލުން އެކަމަށް ދެކޮޅު ހަދާފައިވަނިކޮށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ނޮޅިވަރަންފަރު ސަހަރާ ބަލައި ފާސްކުރީ އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރަށު ކައުންސިލުގެ އެހީތެރިކަމާއި އެކީގަ އެވެ. ނަމަވެސް ކައުންސިލުން މިކަން ދޮގު ކުރެ އެވެ.

ނޮޅިވަރަންފަރު ކައުންސިލަރު އަހްމަދު ވަހީދު އަވަސް އަށް ވިދާޅުވީ ފުލުހުން ސަހަރާ ކޮނުނީ އާންމު ފަރާތެއްގެ އެދުމުގެ މަތިން ރުގްޔާ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފުރަތަމަ ކައުންސިލްގެ ހުއްދައަކަށް އެދުމާއިއެކު، ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދައި ސަހަރާ ކޮނުން މަނާ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މެން ގުޅިން އިސްލާމިކް މިނިސްޓްރީއަށް. އެބޭފުޅުން ވެސް ވިދާޅުވި ރުގްޔާ ކުރުން ފަދަ ބޭނުމަކު ރަށު ސަހަރާ ކޮންނަން ޖެހިދާނެ ކަމަކަށް ނުބެލެވެޔޭ،" އަހްމަދު ވިދާޅުވި އެވެ.

އަހްމަދު އިތުރަށް ވިދާޅުވީ ކައުންސިލުން އެކަން މަނާކޮށްފައި ވަނިކޮށް ރޭގެ ވަގުތެއްގައި ފުލުހުން ސަހަރާއަށް ވަދެ އެތަން ކޮނެފައިވާ ކަމަށާއި، އެ ހަބަރު ލިބުމާއިއެކު ކައުންސިލުން އެތަނަށް ގޮސް އެ މަސައްކަތް ހުއްޓުވަން މަސައްކަތްކުރި ކަމަށެވެ.

"އަޅުގަނޑުމެން އެތަނަށް ދިޔައިރު އެމީހުން ތިބީ ރުގްޔާ ކުރަމުން ސަހަރާ ކޮންނަން. ހުއްޓުވަން މަސައްކަތް ކުރީމަވެސް އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިޔައީ،" އަހްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، ރަށު ރައްޔިތެއްގެ އެދިލެއްވުމަށް ފުލުހުން ގޮސް ރަށު ސަހަރާ ކޮނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ނޮޅިވަރަންފަރު ކައުންސިލުން ބުނެފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަނީޒް

ބަލަގަ ސަހަރާގަ ސިހުރު ލިޔެފަ އޮތް ގަލެއް ވަޅުލާފަ އޮތީވެސް ހުއްދަނުނަގާ ކޮނެގެންތާ.. މިކަމުންވެސް އެނގެނީ ސަހަރާ ނުބެލެހެއްޓޭކަން ނުންތޯ.ކޮންމެ ދެދަޅައަށް މީހުން ސިހުރުވަޅުލާތަނަކަށް ސަހަރާވެފައޮތީވެސް ސަހަރާ ކޮނުމުގައި ހުއްދަދިނުމުގެ މައްސަލަތަކެއް ހުރީމަތާ. ސިހުރު ވަޅުލަން ކޮނުނީ ހުއްދަނުދީކަމަށްވާއިރު އެތަކެތި ނައްތާލަންވެސް ހުއްދައަކަށް ބޭނުމެއްނުވާނެތާ. ޮޮޮ

ފަށްއެރި ޅަހުއްތު

ކޮބާއިކޮބާއި ހީވޭތަ ކަމެއްހެން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910