ރާއްޖޭގެ މޫސުން ގޯސްވެ ފަސް އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ކަމަަށާ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް މިއަދު 9:00 އިން މެންދުރު 12:00 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގަަޑިއަކުން 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑު 55 މޭލަށް ވަައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން މިއަދު ހެނދުނު 6:00 އިން 10:30 އަށް މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
އުތުރުގެ ވަރަށް ގިނަ ރަށްތަކަކަށް އުދައަރާ ގެއްލުންތައް ވަނީ ވެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ. ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި ދަނޑުތަކާއި ރުއްގަހަށް ގެއްލުންވެފައި ވެއެވެ.