ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ސޯދިގް

ކޮވިޑަށް ޕޮޒިޓިވްވެ ސޯދުބެ ފަރުވާ ހޯއްދަވަނީ

May 16, 2021

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) އަދި ލިބިވަޑައިގެންފައިވާ ދިވެހި ބަހުގެ މަޝްހޫރު އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ހޯއްދަވަމުންނެވެ.

އުމުރުފުޅުން 85 އަހަރުގެ ސޯދުބެއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމާ ގުޅިގެން ވަަރަށް ގިނަ ބަަޔަކު ދަނީ އަވަސް ޝިފާއަށް އެދި ސޯޝަލް މީޑިއާގައި ހެޔޮއެދުމުގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އަބްދުﷲ ސޯދިގަކީ ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ދިވެހި ބަހުގެ އެކެޑަމީގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މުލަކަތޮޅު މުއްޔަށް އުފަން ސޯދުބެއަކީ ސަރުކާރުގެ ހިދުމަތުގެ އިތުރުން ދިވެހި އަދަބިއްޔާތަށާއި، ނޫސްވެރިކަމާއި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގު ނުކުރެވޭ ފަދަ މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.