ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދޭން ނިންމާ ވެކްސިނަށް ހުޅުވާލައިފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ފައިޒާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ މީހުންނަަށް ކަމަށެވެ. އަދި ވެކްސިން ކުރިއަށް ގެންދާނީ މިހާރު ބާކީ ހުރި ވެކްސިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކުރެވޭ އަދަދަށް ވެކްސިން ބެހެއްޓުމަށް ފަހު ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭ އަދަދު ދަނީ އިތުރުވަމުންނެވެ. މި ވަގުތުވެސް 50 މީހަކަަށް ބަލި ޖެހިފައިވާއިރު އެކެއްގެ ހާލު ސީރިއަސްއެވެ. އޭނާއަށަ ފަރުވާ ދެނީ ވެންޓިލޭޓަރަށް ލައިގެންނެވެ.
މީގެ ކުރިން ފައިޒާ ވެކްސިން ދެމުން ދިޔައީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ.