ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުން އަދަދު 100 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ރާއްޖޭގައި 100 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ ފަތިހު 4:41 ހާއިރު މަރުވީ 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ އަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފައިވާ ޑީއެޗް 11 ގައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރީލް 29، 2020 ގައެވެ. އެއީ މ. ބަހީޖުޕެލަަސް، އާމިނަތު އާދަމް (83އ) އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.