ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

އައިސީޔޫގައި 15، ވެންޓިލޭޓަރުގައި 10 މީހުން

ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓް ކޮށްގެން ފަރުވާ ދޭން މީހުންގެ އަދަދު އިތުރު ވެފައި ވާއިރު މިވަގުތު ވެސް 10 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 268 އަށް އަރާފައެވެ.

އެޗްއީއޯސީން ބުނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. 10 މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. އޭގެ ތެރެއިން ޑީއެޗް 11 ގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނުވަ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 191 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަ މީހަކަށް ޑީއެޗް 17 ގައި 8 މީހަކު އަދި ޑީއެޗް 16 ގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.