ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު ބައިލައްކަ މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 51،213 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.

ކޮވިޑްގައި ދިވެހިން 14 މަސް ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 68،872 މީހަކަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނީ މިދިޔަ މަހު އެވެ.

މިއަދާ ހަމައަށް ބަލިން ފަސޭހަނުވެ ތިބީ 17،461 މީހެކެވެ. 152 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިދިޔަ ސައުވީސް ގަޑިއިރުތެރޭ ބަލި ޖެހުނީ 370 މީހަކަށެވެ. މިއީ މިދިޔަ 45 ދުވަސްތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވީ 189 މީހެކެވެ. އޭގެ ތެރެއިން 88 މީހަކު މަރުވީ މިދިޔަ މަހު އެވެ.