ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ހިޔަލަ ވިންގުގެ ނުވަ އެނދު ކޮވިޑަށް ހާއްސަ ކޮށްފި

ކޮވިޑް-19 ޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި މާބަނޑު މީހުންނަށް ހާއްސަ ފަރުވާ ދެމުންދާ "ހިޔަލަ ވިންގް" ގެ ނުވަ އެނދު ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފި އެވެ.

ކޮވިޑަށް ޕޮޒިޓިވް 50 ވުރެ ގިނަ މާބަނޑު މީހުން އެބަތިއްބެވެ.

އެޗްއީއޯސީން މިރޭ ބުނީ "ހިޔަލަ ވިންގް" ނުވަ އެނދު ކޮވިޑްގެ ބަލި މީހުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތް އެނދުގައި މިހާރުވެސް ބަލި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައިވެސް ވަނީ ޔުނިޓެއް ގާއިމުކޮށްފައެވެ. މިވަގުތު އެ ތަނުގައިވެސް 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ވަސީލަތްތައް އިތުރުކޮށް އެނދު އިތުުރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލްވެސް މިހާރު ވަނީ ކޮވިޑަށް ހާއްސަކޮށްފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެނދުތައްވެސް ވަނީ އިތުރުކޮށްފައެވެ.