ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ކޮވިޑް މަރު 67 އަށް

Mar 31, 2021
2

ކޯވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 67 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ މި މީހާ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔައީ މިއަދު 12:27 ހާއިރު ކަމަށެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ އަށެއްކަ މިނެޓް ފަހުން ކަމަށްވެސް މައުލޫމާތުދެ އެވެ.

އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަރަކާތެއް ނެތް ކަމަށްވެސް އެޗްޕީއޭ އިން ވަނީ މައުލޫމާތު ދީފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ވަނީ 23،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފަ އެވެ. މި ވަގުތުވެސް 2،700 އަށް ވުރެ ގިނަ މީހުން ގެންދަނީ މިބައްޔަށް ފަރުވާ ހޯދަމުންނެވެ.