ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ދެ ހޮސްޕިޓަލްގެ މުވައްޒިފުންނަށް ފްރަންޓްލައިން އެލަވަންސަށް 29 މިލިއަން

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ވިލިމާލެ ހޮސްޕިޓަލްގެ ބައެއް މުވައްޒިފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 29 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ފްރަންޓް ލައިން އެލަވަންސްގެ ގޮތުގައި އައިޖީއެމްއެޗްގެ މުވައްޒިފުންނަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. އެއީ 1719 މުވައްޒިފުންނަށެވެ.

އަދި މިވަގުތުވެސް އެޗްއީއޯސީގެ އެޕްރޫވަލް ޕެންޑިންގައި 352 މުވައްޒިފެއްގެ މައުލޫމާތު އެބަހުރި ކަމަށާ އައިޖީއެމްއެޗްގެ އެޕްރޫވަލްގައި 30 މުވައްޒިފުންގެ މައުލޫމާތު އެބަހުރި ކަމަށެވެ. އެ މުވައްޒިފުންނަށްވެސް ވަރަށް އަވަހަށް ފްރަންޓްލައިން އެލަވަންސް ހަމަޖެހޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ވިލިމާލެ ހޮސްޕިޓަލްގެ 71 މުވައްޒިފަކަށް ވަނީ ފްރަންޓްލައިން އެލަވަންސް ދޫކޮށްފައެވެ. އެ މުވައްޒިފުންނަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އެޗްއީއޯސީގެ ޕެންޑިންގައި 39 މުވައްޒިފެއްގެ މައުލޫމާތު އެޗްއީއޯސީގެ އެޕްރޫވަލް ޕެންޑިގައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

މި އެލަވަންސަކީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ މާޗް 7، 2020 އިން ފެށިގެން މުވައްޒިފުންނަށް ލިބެންވާ ފައިސާ އެވެ. ނަމަވެސް މި އެލަވަންސް ދިނުން ލަސްވުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރި އެވެ. ފަހުން ސަރުކާރުން ވަނީ އެކަން އިސްލާހު ކޮށްފަ އެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެނުމާއެކު ސިއްހީ ދާއިރާގެ އިތުރުން ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ މުވައްޒަފުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.