މޯލްޑިވްސް ޕޮލިސް ސާވިސް

އެމްއައި ކޮލެޖުން ވައްކަން ކުރި މީހަކު ހޯދަނީ

May 18, 2021

އެމްއައި ކޮލެޖުން ވައްކަން ކޮށްފައިވާ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ އެމްއައި ކޮލެޖުގެ ދޮރަކަށް ގެއްލުންދީ އެތަނަށް ވަދެ ވައްކަން ކޮށްފައިވަނީ މާޗް 16، 2021 ގައެވެ.

އެ މީހާ ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ހާޒިރުކުރުމަށެވެ.

ފުލުހުން ވަނީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިފަ އެވެ.