މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަނީ

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު (30 އ) ކަމަށް އެނގިފައިވެ އެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް އެނގިފައިވެ އެވެ. އޭނާ މިނިވަންކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރު އެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާނެ ދުވަހެއް ފުލުހުން ހާމައެއް ނުކުރެ އެވެ.