ހުޅުމާލޭގައި ވެހިކަލެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަމެއް މިހާތަނަށް ފާހަގަނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ސަހަރާ ކުރިމަތި މަގުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނީ އިއްޔެ އެވެ.
ފުލުހުން މިއަދު ބުނީ ބަންގްލަދޭޝްގެ އެ މީހާގެ މަރުގައި ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަ ދައްކަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިއްޔެ ބުނީ ހުޅުމާލެ ސަހަރާ ކުރިމަތީ މަގުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ނަމަވެސް އޭރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.