މަރު

ސްވިމިން ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެ

ސްވިމިންގް ޕޫލަކަށް ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހުޅުމާލެ އޯޝަން ފްރަންޓް ރެސިޑެންސްގެ ސްމިވިންޕޫލަށް ހަތަރު އަހަރުގެ ކުއްޖަކު ވެއްޓިގެން ފަރުވާއަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 5:10 ހާއިރު އެވެ.

ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް 5:40 ހާއިރު ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.