ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް ރާއްޖެއަށް

Jun 8, 2021
2
އިންޑިއާ ސަފީރު ޝްރީ ސަންޖޭ ސުދީރް
0%
0%
0%

ރާއްޖޭގެ ކަންކަމަށް އިންޑިއާއިން އަތްގަދަ ކުރާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އިންޑިއާގެ ނެޝަނަލް ނޮލެޖް ނެޓްވޯކް (އެންކޭއެން) ރާއްޖޭގައި ފުޅާ ކުރަން ނިންމައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

ރާއްޖެއާ އިންޑިއާ ގުޅޭ ކަންކަން ފަހަކަށް އައިސް އިއުލާން ކުރަނީ އިންޑިއާ އެންބަސީންނެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް އިންޑިއާ ސަރުކާރުން ދިން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫ އެކެވެ. އެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. މި މަޝްރޫއު ވިލަރެސް ކުރާނީ އިންޑިއާގެ އެންސީއައިޓީ އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ތައުލީމީ މުއައްސަސާތަކާއި، ދިރާސާ ކުރާ މަރުކަޒުތަކާއި ސުކޫލްތަކާއި ޔުނިވަސިޓީތައް އަދި ސަރުކާރުގެ އިދާރާތައް އެކުލެވޭހެން ހައި ސްޕީޑް ނެޝަނަލް ރިސާޗް އެންޑް އެޑިޔުކޭޝަން ނެޓްވޯކެއް ގާއިމްކުރަން އިންޑިއާއިން އެހީވާނެ އެވެ.

އެންކޭއެން އަކީ އިންޑިއާގެ ތައުލީމީ މުއައްސަސާތަކާއި ދިރާސާ ކުރާ މަރުކަޒުތައް ގުޅުވައިދޭ އެންމެ ބޮޑު ހައި-ސްޕީޑް ބްރޯޑްބޭންޑް ނެޓްވޯކެކެވެ. މި ނެޓްވޯކް އުފެއްދީ 2010 ވަނަ އަހަރު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910