އެލްޖީއޭ

އެލްޖީއޭއަށް ކައުންސިލަރުން ހޮވުން އަންނަ މަހު

May 20, 2021

ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް ބޭފުޅުން ހޮވަން ބާއްވާ އިންތިހާބު އަންނަ ޖޫން މަހު ބާއްވަން ނިންމައިފި އެވެ. މިއީ އާ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑު އެކުލަވައިލުމަށް އިންތިހާބު ކުރަން ޖެހޭ ފަރާތްތަކެވެ.

ކައުންސިލްތައް ލާމަރުކަޒު ކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެލްޖީއޭގެ ބޯޑަށް ހުރިހާ ސިޓީ ކައުންސިލަރުންގެ ތެރެއިން ބޭފުޅު، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ބޭފުޅަކު އަދި ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން ބޭފުޅަކު ހޮވަން ޖެހެ އެވެ.

ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އެލްޖީއޭ އިން މިހާރު ވަނީ ހުޅުވައިލާފަ އެވެ.

ކުރިމަތިލާ ކައުންސިލަރުންގެ މެދުގައި ވޯޓު ނަގަނީ ވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.