ބައި އިލެކްޝަން

ރަސްމާދޫ އާއި ގުރައިދޫ ބައި-އިލެކްޝަން ޕީޕީއެމް ކާމިޔާބުކޮށްފި

މިއަދު ބޭއްވި ބައި-އިލެކްޝަންގައި މީހަކު ވޯޓުލަނީ: 2 ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމުން: ފޮޓޯ އިލެކްޝަންސް ކޮމިޝަން
0%
0%
0%

މިއަދު ބޭއްވި ހަތަރު ބައި-އިލެކްޝަންގެ ތެރެއިން ދެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

ޕީޕީއެމުން ކާމިޔާބުކޮށްފައިވަނީ ރ. ރަސްމާދޫ އަދި ތ. ގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ލިޔޫސާ އާއި ވާދަކޮށް ރ. ރަސްމާދޫ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ސާބިރާ މުހައްމަދެވެ.

އެމްއެންޕީގެ ކެންޑިޑޭޓު ފާތިމަތު ރަނިއްޔާ އާއި ވާދަކޮށް ތ. ގުރައިދޫގެ ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ޝަރުމާ އަލީމަނިކެވެ.

މިއަދު ދެން ކުރިއަށް ގެންގޮސްފައިވަނީ ށ. މާއުނގޫދޫ ކައުންސިލްގެ ބައި-އިލެކްޝަނާއި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.

ށ. މާއުނގޫދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރީ މުހައްމަދު އިބްރާހީމް ވަހީދެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރީ ފާތިމަތު ޝިމާނާއެވެ.

ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރީ އެމްއެންޕީގެ މަރިޔަމް ސާމިރާ އާއި ޕީޕީއެމްގެ މަރްޔަމް ރަޝީދާ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އާއިޝަތު ވިސާމާ އަދި އެމްޑީޕީން ވާދަކުރި އާއިޝަތު ޒިޔާދާ އެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު

  • ށ. މާއުނގޫދޫ -1 - 673 މީހުން
  • ރ. ރަސްމާދޫ - 1 - 449 މީހުން
  • ތ. ގުރައިދޫ - 1 - 543 މީހުން
  • ތ. ގުރައިދޫ - 2 - 566 މީހުން
  • ލ. ދަނބިދޫ - 1 - 552 މީހުން
  • ބައި-އިލެކްޝަންސް، އަތޮޅު-މާލެ-1 - 1031 މީހުން

ހަތަރު ބައި އިލެކްޝަންގައި 3814 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓު ލާފައިވަނީ 2011 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345