މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ބާއްވަނީ ށ. މާއުނގޫދޫގައި ކައުންސިލް މެންބަރެއް ހޮވުމަށާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ހުރިހާ ވޯޓު ފޮށީގެ ވޯޓުލުންވެސް ވަނީ މިއަދު ހެނދުނު 8:00 ގައި ފަށާފަ އެވެ. ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު
- ށ. މާއުނގޫދޫ -1 - 673 މީހުން
- ރ. ރަސްމާދޫ - 1 - 449 މީހުން
- ތ. ގުރައިދޫ - 1 - 543 މީހުން
- ތ. ގުރައިދޫ - 2 - 566 މީހުން
- ލ. ދަނބިދޫ - 1 - 552 މީހުން
- ބައި-އިލެކްޝަންސް، އަތޮޅު-މާލެ-1 - 1031 މީހުން
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނި ގޮތުގައި އެ ހަތަރު ރަށުގެ ބައި-އިލެކްޝަނަށް ޖުމްލަ 3،792 ވޯޓު ކަރުދާސް ވަނީ ޕްރިންޓްކޮށްފަ އެވެ.
ވޯޓު ކަރުދާސް ޕްރިންޓްކުރި އަދަދު
- ށ. މާއުނގޫދޫ - 827 ވޯޓު ކަރުދާސް
- ރ. ރަސްމާދޫ - 660 ވޯޓު ކަރުދާސް
- ތ. ގުރައިދޫ - 1،546 - ވޯޓު ކަރުދާސް
- ލ. ދަނބިދޫ - 759 ވޯޓު ކަރުދާސް
ވޯޓުލުން ކުރިއަށްދާ ހަތަރު ރަށުގައި ވޯޓު ފޮށި ބެހެއްޓުމުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުން ވޯޓިލުމަށް މާލޭގައި ވެސް ވަނީ ވޯޓު ފޮށި ބަހައްޓާފަ އެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ އިމާދުއްދީން ސްކޫލްގަ އެވެ. ރަށްތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައި ހުރި އެ ރަށްތަކުގެ ސްކޫލުތަކުގަ އެވެ.