ފުލުހުން ބަލައި ފާސް ކުރުން

ހެންވޭރުގެ ގެއެއް ފާސްކޮށް މީހަކު ހައްޔަރުކޮށްފި

ހެންވޭރު ހިޔަލީ ގޯޅި ބަނދުކޮށް އެ ގޯޅީގެ ތެރޭގައި ހުރި ގެއަކަށް ފުލުހުން ވަދެއް ބަލައި ފާސް ކުރަމުން އެބަދެ އެވެ.

ބަލާ ފާސް ކުރަމުން ދަނީ ހ. ނޫރު އައްސޭރި ގެއެވެ. އަދި ފުލުހުންގެ ދެ ވެހިކަލް ގޯޅީގެ ދެފަރާތުގައި ބާއްވައިގެން ސަރަހައްދުގައި ފުލުހުން މިހާރުވެސް ފޯރި މަރަމުން އެ ބަދެއެވެ. އެގެ ބަލައި ފާސް ކުރުމުގައި މިީހަކު ވަނީ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިރޭވެސް ގެޔެއް ބަލާ ފާސް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބަލަމުން ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމައެއް ނުކުރެއެވެ.

މިގެއަށް ފުލުހުން ވަދެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަނބުރާ ނާގާފައި ވަނިކޮށެވެ.