ދުނިޔެ

ރަޝިއާ އިދިކޮޅު ލީޑަރުގެ އޮފީހާއި އެޕާޓްމަންޓަށް ފުލުހުން ވަދެގެންފި

ނަވާލްނީ ހިންގަވާ އެންޓި ކޮރަޕްޝަން ފައުންޑޭޝަނަށް ފުލުހުން ވަންނަނީ
0%
0%
0%

ރަޝިއާ ފުލުން އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ އެޕާޓްމަންޓާއި އޮފީސް ރެއިޑްކޮށްފި އެވެ. ނަވާލްނީ ހިންގަވާ އެންޓި-ކޮރަޕްޝަން ފައުންޑޭޝަންގެ ޑައިރެކްޓަރު އިވާން ޒަޑަނޯވް ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

ނަވާލްނީ މިހާރު ހުންނެވީ 30 ދުވަހުގެ މުއްދަތަކަށް ޖަލުގަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރަޝިއާއަށް ވަޑައިގެންނެވި ތަނުން، އެއާޕޯޓުންނެވެ.

ނަވާލްނީގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރީ ކޮންއެއްޗެއް ހޯދަން ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، އެޕާޓްމަންޓާއި އޮފީސް ފާސްކުރީ ނަވާލްނީގެ ކޮއްކޮ، އޯލެގް ނަވާލްނީގެ ހާޒިރުގައި ކަމަށް އިވާން ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ނަވާލްނީގެ އަންހެނުން، ޔޫލިއާ އުޅުއްވާ އެޕާޓްމަންޓް ވެސް ފާސް ކުރި އެވެ.

އެލްކްސީ ނަވާލްނީ ޖަލުގައި ހައްޔަރުކުރުން ވެފައި ވަނީ ދުނިޔެ ކަންބޮޑުވި ކަމަކަށެވެ. އޭނާ ހަމަ މިހާރު ދޫކޮށްލުމަށް އެމެރިކާ އަދި ޔޫރަޕް ގައުމުތަކުން ވެސް ވަނީ ރަޝިއާއަށް ގޮވާލާފަ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިއާގެ ރައިސް ލަޑިމިއާ ޕުޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ތެރޭގައި ވެސް، އިދިކޮޅު ލީޑަރު ދޫކޮށްލެއްވުމަށް އެދިވަޑައިގަތެވެ.

ފުލުހުން ނަވާލްނީގެ އެޕާޓްމަންޓަށް ވަންނަނީ

ނަވާލްނީ ހައްޔަރުކުރުމާ ގުޅިގެން މޮސްކޯގައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. މީހުން މަގުތަކަށް ނުކުމެ ފުލުހުންނާ ކުރިމަތިލައި ވަނީ މާރާމާރީ ހިންގާފަ އެވެ. މިއީ ކޮވިޑް ހުއްޓުމެއް ނެތި ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ އެއްބާރުލުން ދިނުމަށް ފުލުހުން އެދުމުން އެއްވެ އުޅުނު މީހުން ވަނީ އިންކާރު ކޮށްފަ އެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345