އަފްޣާނަށް ތާލިބާނުން ވެރިވެގަތް ފަހުން އެމެރިކާއާއެކު ފުރަތަމަ ފަހަރަ އެއް މޭޒުދޮށަށް ގޮސް ސައްލާ ކޮށްފި އެވެ. ގަތަރުގެ ދޯހާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަކިކަމެއް ކޮޅެއްގައި ޖެހުނުކަން އަދި ކަށަވަރެއް ނުވެ އެވެ.
އެމެރިކާއާ ތާލިބާނުން ކުރާ މަޝްވަރާތަކުގައި އެމެރިކާ އެމްބަސީ ކާބުލްއަށް ބަދަލު ކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ތާލިބާނުންގެ އޮފީޝަލަކު ވިދާޅުވި އެވެ. އެމެރިކާއިން ތާލިބާނުންނާ މަޝްވަރާ ކުރަން އެއްބަސްވި އިރުވެސް މިއީ އެޖެންޑާގައި އޮތް ކަމެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެެވެ.
އެމެރިކާއާ ހުޅަނގުން ގަބޫލު ކުރަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގަ އެވެ. އެހެން ނަމަވެސް ތާލިބާނުންނާ އިއްތިހާދު ނުހަދައި އަފްޣާންގައި ހިންގަން އެ ގައުމުތަކުން އެދޭ އެޖެންޑާއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެކަން މިހާރު އޮތީ ކަށަވަރުވެފަ އެވެ.
އެމެރިކާއިން ތާލިބާނުންނަށް އަޅާފައި އޮތް ދަތި ކުރުންތައް ނައްތާލައި ހިފަހައްޓާފައި ހުރި ފައިސާތައް ދޫކުރުމަ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
އެމެރިކާގެ ބުނުމަކީ އެއްމެން ޝާމިލްވާ ސަރުކާރެއް އެކުލަވާލުމާއި ހައްގުތައް ކަށަވަ ރުކުރުން ލާޒިމް ކަމަށެވެ. އިންސާނީ ހައްގުތަަކަށް ތާލިބާނުން އަހަންމިޔަތުކަން ދޭ ވަރަކުން ތާލިބާނުންނާ ގުޅުން ރަނގަޅު ކުރެވި ދާނެ ކަމަށް ކުރިން ވެސް އޮތީ ބުނެފަ އެވެ. ޔޫރަޕްގެ ބުނަމަކީ ވެސް މިއެވެ.