ޑރ. މުހައްމަދު މުއިއްޒު

ފެނާއި ކަރަންޓް ބިލު ކުޑަކޮށްދޭން މޭޔަރު ގޮވާލައްވައިފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލެ ސިޓީގެ ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ބައެއް އުނިކޮށްދޭން ވަނީ އެދިފައި -- އަވަސް ފޮޓޯ
100%
0%
0%

މާލެ ސިޓީގެ ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލުން ބައެއް އުނިކޮށް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މުއިއްޒު މިރޭ ކުރެެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19ގެ ނުރައްކާތެރި މި ހާލަތުގައި މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާންކޮށްފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއް ވެސް މާޗް މަހުން ފެށިގެން ޖޫންއާ ހަމައަށް އާއްމު ގޮތެއްގައި ދެ މިގެންދާނީ ރާއްޖޭގެ ހޫނު މޫސުމެވެ. މި މަސްތަކުގައި ކަރަންޓް ބިލް ވަރަށް ބޮޑުވެއެވެ. ކުރިއަށް އޮތް މަހުވެސް ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރީން ސަރުކާރުން ވަނީ ފެނާއި ކަރަންޓް ބިލުން ބައެއް އުނިކޮށްފައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޮޔަސޮރު

މާލޭގައެކަނިތަ ދިވެހިން އުޅެނީ ރަށު މީހުންކޮބާ އަމިއްލަ އެދުމަށް ގޮވާ މޭޔަރޫޫޫ

މަޒް

މުއިއްޒު ވެރިކަމުގައި ހުރެ އެކަން ނުކުރީ ކީއްވެތަ؟ ފުރިހަަމަ އާރާއި ބާރުގައި އެކަން ނުކުރީ ކީއްވެތަ؟ މިހާރު އާރެއް

ޙުސޭން

މާލޭގައި ގިނައީ ތަންތަން ކުއްޔަށް ހިފައިގެން އުޅޭމީހުން. ކުލި ދައްކާނެ ލާރިއެއްނެތް، ފެން ކަރަންޓް ބިލް ދެއްކޭނެ ގޮތެއްނެތް. ކައިގެން ބޮއެގެން އުޅެވޭނެ ގޮތެއްނެތް. ބޭންކް ތަކުން ނަގާފަހުރި ލޯނުތައް ދެއްކޭނެ ގޮތެއްނެތް. ނަފުސާނީ ގޮތުން ބަލިކަށިވެއްޖެ. ރައްޔިތުންގެ ހާލުބަލާ ވެރިއެއްނެތް. ވިޔަފާރިތައް އިނދަ ޖެހިއްޖެ. ދަރަނިވެރިވެ ނިމިއްޖެ. ކުއްލި ކުއްލިއަށް ލޮކްޑައުން އެބަކުރޭ، ހެޔޮ މީހުންތައް ނުކެޔަސް ނުބުޔަސް. މިއީ މިއަދުގެ ހާލަތު. ފެން ކަރަންޓް ބިލް ކުޑަކުރަންވީކީ އެއްނޫން. ހިލޭ އެޚިދުމަތް މިވަގުތު ފޯރުކޮށްދޭންވީ. ބޭންކް ލޯނުތައް ފަސްކޮށްދޭންވީ. ހަމަ އެކަނި ލޮކްޑައުން ކުރުމަކުން އަދި ނުފުދޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910