ދީނީ ހޭލުންތެރިކަން އިތުރުކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި އެވެ.
ޓްވިޓާގައި ވަަރަށް ހަރަކާތްތެރި އަލީގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ މިރެ އެވެ. އަލީ ރަމީޒަކީ ޓްވިޓާ މެދުވެރިކޮށް ދީނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރި ވަކި ސަބަބެއް ނޭންގޭ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެކަން މިހާރު ބަދަލު ކުރަމުންދާ ކަމަށެވެ.
ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔަތުއް ސަލަފާއެކު އަލީ ގެންދަނީ ދީނީ ޕްރަގްރާމްތައްވެސް ހުށައަޅައި ދެމުންނެވެ