އަލީ ރަމީޒް

އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް އަނބުރާ ދީފި

May 25, 2021
6

އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަށްފަހު މިއަދު އަލުން އެ އެކައުންޓް އަނބުރާ ދީފި އެވެ.

އަލީ ރަމީޒް މިއަދު ބުނީ އޭނާއަށް އަލުން އެކައުންޓް ލިބުނީ އެކަމުގައި އެތައް ބަޔަކު ކޮށްދިން ގިނަ މަސައްކަތްތަކަކާ ގުޅިގެން ކަމަށެވެ. އެހެންވެ އެ ހުރިހާ އެންމެންނަށް އަލީ ރަމީޒު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެ ހުރިހާ އެންމެނަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

އަލީ ރަމީޒްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އަލީ ރަމީޒަކީ ޓްވިޓާ މެދުވެރިކޮށް ދީނީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރި ވަކި ސަބަބެއް ނޭނގޭ ކަމަށް އަލީ ވިދާޅުވި އެވެ.

ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔަތުއް ސަލަފާއެކު އަލީ ގެންދަނީ ދީނީ ޕްރަގްރާމްތައްވެސް ހުށައަޅައި ދެމުންނެވެ.

އަލީގެ ޓްވިޓާ އެކައުންޓަކީ 28،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެކެވެ.